ސަރުކާރުގެ ވެރިން ބޭރުގެ ގައުމުތަކަށް ކުރާ ދަތުރުތަކުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ, މި ސަރުކާރުން އެކި ގައުމުތަކުން އެހީ ހޯދުމަށް މީހުން އުޅޭ ހުރިހާ ގައުމަކަށް ސިޓީ ފޮނުވައިފި ކަމަށާއި, ބޮޑު ސިޓީއެއް ތަރައްގީ ކުރެވޭވަރަށް ދަތުރުތަކަށް ވެސް ހަރަދު ކޮށްފި ކަމަށެވެ.

ނަމަވެސް, އޭގެ އެއްވެސް މަންފާއެއް ދިވެހި ރައްޔިތުންނަށް އަދި ނުކުރާކަމަށް ޒިޔާދު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ޒިޔާދު އިތުރަށް ވިދާޅުވީ, އާސަންދަ ވެސް ވަނީ ކުޑަ ކަމަށާއި ނަމަވެސް ވެރީންގެ “ކާސަންދަ” ވަނީ ބޮޑުކަމަށެވެ. އަދި ވެރިން ފެންވަރުގައި އުޅެމުންދާއިރު ރައްޔިތު މީހާގެ ގޭގައި ފެންވަރާނެ ސައިބޯނި ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފިޔާ ކިލޯއެއް މިއަދު ވެސް ހުރީ އަށްޑިހަ ރުފިޔާގައި ކަމަށާއި ޑޮލަރުގެ އަގު ވެސް ހުރީ ވަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޒިޔާދު ވަނީ މި ކަންކަމަށް ހައްލު ގެނައުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަން ނުފެންނަކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން