ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ހުންނެވީ ސިޔާސީ މަގާމުތައް އެކި މީހުންނަށް ވިއްކައިގެންކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ޔާމީން ވަނީ ޢަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ, ޢަބްދުއްރަހީމް ވަނީ އިސްވެހުންނަވައިގެން ސްޓެލްކޯ ފަދަ ތަންތަނުގެ ވަޒީފާތައް ވިއްކާފައިކަމަށާއި އޭގެ އިތުރުން ބައެއް ސްޓޭޓް މިނިސްޓަރުންނަށް ފައިސާގެ އިތުރުން އައިފޯނުވެސް ދޭކަމަށެވެ. އަދި ފޮރިން މިނިސްޓަރު ޒަމީރުމެން ފަދަ ބޭފުޅުންނަށް އެއް މިލިއަން ޑޮލަރު ވެސް ދެއްވާފައިވާކަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.
ޔާމީންގެ ވާހަކަފުޅުގައި ވަނީ ޢަބްދުއްރަހީމް ފައިސާ ބައްސަވާކަމަށް ވިދާޅުވަމުން, އެ ފައިސާ އަކީ ކުރީގެ ނާއިބު ރައީސް އަދީބު އަތުން ނަންގަވައިގެން ބައްސަވާ ފައިސާކަމަށް ދޭހަވާގޮތަށް ވެސް ވާހަކަ ދައްކަވާފައެވެ.
އެގޮތުން ޢަބްދުއްރަހީމް ފައިސާ ބައްސަވާ ވާހަކައާއި ދިމްޔާތުގައި މެންބަރުންނަށް ފައިސާ ބަހާ ވާހަކަ މިވަރަށް ޔާމީން ދައްކަވާއިރު ވެސް ފުލުހުންގެ އަތުގައި އޮންނަކަމަށް ބުނާ އެމްއެމްޕީއާރުސީގެ ފައިސާ އަދީބު އަތުން ނެގި މީހުންގެ ލިސްޓް އާންމު ނުކުރަނީ ކީއްވެތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެކަން ކުރަން މިހާރު ތިއްބެވި ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރަށް ކެރިވަޑައި ނުގަންނަވާނެކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.
“އެ ލިސްޓް އާންމުކޮށްގެން ގައުމީ ސަލާމަތަށް ކޮން ނުރައްކަލެއްތޯ އޮތީ. ގައުމީ ސަލާމަތަށް ނުރައްކާވަނީ މިހާރު ރައީސްކަން ކުރައްވާ މުޢިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމްގެ ނަން އޮވެދާނެތީ އެއީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވީތޯ.” ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު