ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
ޕީޖީގެ މަޤާމަށް އައްބާސް ޝަރީފް އައްޔަންކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވާ މައްސަލައިގެ ބަހުސްގައި ޣަފޫރު މިއަދު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ސަރުކާރުތަކުގެ އިތުބާރު އޮންނަންޖެހޭ ކަމަށެވެ.
އެހެން ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެއްވެސް ޕްރޮސިކިއުޓާ ޖެނެރަލަކަށް އެބޭފުޅެއްގެ 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވިފައި ނުވާކަން ޣަފޫރު ފާހަގަ ކުރެއްވިއެވެ. އަދި އެކަން އެގޮތަށް ދިމާވަނީ ސަރުކާރުތަކުން ޕީޖީއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަށްވާތީ ކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.
ޝަރުއީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަރުކާރުތަކުގެ އިތުބާރު ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް އޮތުން ކަމަށާއި ސަރުކާރުގެ އިތުބާރު ޕްރޮސިކިއުޓާ ޖެނެރަލަށް ނެތިއްޖެނަމަ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނޯންނާނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.
“ޕްރޮސިކިއުޓަ ޖެނެރަލާ ދޭތެރޭ އަޅުގަނޑުމެންގެ އިތުބާރު އެބައޮތް. އަޅުގަނޑުމެން އުންމީދުކުރަން ވަކި ފަރާތަކަށް ނުޖެހި އެހެން ޕްރޮސިކިއުޓަ ޖެނެރަލުންނެކޭ އެއްގޮތަށް އެބޭފުޅާ ވެސް އެބޭފުޅާގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް.” އެމްޑީޕީގެ އިތުބާރު ޕީޖީ އަށް އޮތްކަން ފާހަގަ ކުރަށްވަމުން ޣަފޫރު ވިދާޅުވިއެވެ.
ޕީޖީގެ މަޤާމަށް އައްބާސް ޢައްޔަނު ކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓަށް އަހާއިރު އިއްޔެ ބޭއްވި ޖުޑިޝަރީ ކޮމިޓީން ވަނީ އައްބާސަށް ރުހުން އޮތްކަމަށް ފާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު