މާލެސިޓީ ގ. ބެރުގެ މުހައްމަދު ނަވީން
މާލެސިޓީ ގ. ބެރުގެ މުހައްމަދު ނަވީން
އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ތިން މީހަކު ވަދެ ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9،000 ރުފިޔާ ފޭރުނު މައްސަލަ ސެޕްޓެމްބަރު 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ މާލެސިޓީ ގ. ބެރުގެ މުހައްމަދު ނަވީން އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ޔުނީފޯމެއް އަޅައިގެން ތިބެ ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރާ މައްސަލައެއް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން