ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަަހަރުގެ ދެވަނަ ދައުރު ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ ގޮތުން މިދިޔަ ބުދަ ދުވަހާއި އިއްޔެގެ އިތުރުން މިއަދު ވަނީ ދައުރުން ބޭރުން ތިން ޖަލްސާ ބާއްވައިފަ އެވެ.

މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ވިދާޅުވީ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮކްޓޫބަރު ހަތް ވަނަ ދުވަހު ބޭއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.

މިއަދު ބޭއްވި ޖަލްސާގައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރުމާއި ކުންފުނިތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން