ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އިބްރާހިމް ނާއިފް ވެމްކޯއަށް ބަދަލުކޮށްފި އެވެ.

ނާއިފް ފެނަކައިން ވަކިކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ނަމަވެސް އޭރު ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން ވެމްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނާއިފް މިހާރު ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ނާއިފްގެ ލީޑާޝިޕާއި ދުރުވިސްނުން ފުޅާއެކެ ވެމްކޯއަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވެމްކޯއިން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ސަރުކާރުގެ ކުންފުނިތަކުގެ މަގާމުތައް ހަމަަޖައްސާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ނާއިފް އެ މަގާމަށް ހަަމަޖެއްސިކަން ހާމަކޮށްފައެއް އަދި ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން