ސިނަމާލެ ބުރިޖުގައި ސާފުބޯޑެއް އުފުލި މީހަކާމެދު ފިޔަވަޅު އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު ވައިރަލްވި ވީޑިއޯއެއްގައި ދެ ފިރިހެނަކު ބުރިޖު ހުރަސްކޮށް ހައިވޭއިން ހުޅުމާލެއަށް ދާއިރު ސައިކަލުގެ ފަހަތުގައި އިންނަ މީހާ ބޮޑު ސާފުބޯޑެއް ހިފަހައްޓައިގެން އިންނަތަން ފެނެއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަށް ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެގޮތުން އޭނާ 750 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކާމެދު، ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ހަނދާން ކޮށްދެން." ފުލުހުން ބުނެފައި ވެއެވެ.

މި މަހު ކުރީކޮޅު ފުލުހުން ވަނީ ސައިކަލެއްގައި މާގަސްތަކެއް ބަހައްޓައިގެން ބުރިޖާއި ހައިވޭ ހުރަސްކުރި މީހަކާމެދު ވެސް ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން