ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 19 މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރުއަޅައިގެން ތަރައްގީކޮށްފައިވެއެވެ.

2022 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 78.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެވެ.

އާރްޑީސީ އިން މިއަދު ބުނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެ ކުންފުންޏާއި ހަވާލުކުރި މަސައްކަތް މުޅީން ނިންމާލެވިފައިވާ ކަމަށާއި އެހެންކަމުން އެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި ފަރާތްތަކަށާއި ތިނަދޫ ސައިޓްގައި އިސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކާއި އެންމެހާ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް އަދާކުރާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން