އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ތޮއްޖެހިގެން، ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑްތަކުގެ ތެރެއިން ބިދޭސީންތަކެއް އަނެއްކާވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އެ ޚާއްޞަ އޮޕަރޭޝަން ފެށީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެފަދަ އޮޕަރޭޝަނެއް މިިދޔަ ހޯމަ ދުވަހުވެސް ކުރިއަށް ގެންގޮސް ހަތަރު ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

އަދ އޭގެ ތެރެއިން ދެ ގެއަކާއި ދެ ހޮޓަލެއް ބަލައި ފާސްކުރި ކަމަށާއި އަދި ގަވާއިދާ ޚިލާފަށް އެ ތަންތަނުގައި އުޅެމުންދިއަ ހަތް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެއި ކަމަށެވެ.

އިމިގްރޭޝަނުން ދަނީ ކޮންމެ ރެއަކުހެން ރެއިޑް އޮޕަރޭޝަންތައް ހިންގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަންނަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ 3،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައި ވާއިރު ބިދޭސީން ހިންގަމުންދިޔަ ގިނަ ވިޔަފާރިތަކެއް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން