ނިޔާވި މީހާ ގެއިން ނެރުމުގެ މަސައްކަތުގައި ފުލުހުން ޙަރަކާތްތެރިވަނީ
ނިޔާވި މީހާ ގެއިން ނެރުމުގެ މަސައްކަތުގައި ފުލުހުން ޙަރަކާތްތެރިވަނީ
ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ނިޔާވެފައި އޮށްވައި ފެނުނު މީހާގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތްކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ރޭގެ ވަގުތެއްގައި މާފަންނު ގަޑިބުރު ކައިރީގައި ހުރި މ. ނަލަހިޔާ މަންޒިލް ގޭގެ ކޮޓަރި ތެރޭގައި ނިޔާވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިހުރިކަން ފެންނަން ނެތް ކަމަށެވެ.

ނިޔާވެފައި އޮއްވައި ފެނުނީ، އަހްމަދު ފަޔާޒް ކިޔާ މީހެއް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ރޭ 23:33 ހާއިރު މީހަކު މަރުވެފައި އޮށްވައި ފެނިގެން ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަޙައްދުގައި ހެޒްމެޓް ސޫޓު ލައިގެން ހަރަކާތްތެރިވެފައެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން