އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، އެފްއޭއެމްގެ ފައިސާއިން އަމީން އެވެނިއުއިން ދެ ފުލެޓު ގަތް މައްސަލައިގައި ބައްސާމާއި އިތުރު 3 ފަރާތެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަނާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި ކަމަށާއި ނަމަވެސް އެޕާޓްމަންޓްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަދި ނިންމާފައިނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ބައްސާމް ފްލެޓް ގަނެފައިވަނީ ކޮވިޑް ރިލީފް ލޯނެއްގެ ގޮތުގައި އެފްއޭއެމްއަށް ލިބިފައިވާ ފައިސާއިން ކަމަށެވެ.
އެގޮތުން ބައްސާމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް އެފްއޭއެމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ދިހަ ހާސް ޑޮލަރު ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބައްސާމްގެ މައްޗަށް އިތުރު ދަޢުވާއެއް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ބައްސާމްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދަޢުވާ އަކާއި، މަނީ ލޯންޑަރިންގެ ދަޢުވާއެއް ދަޢުލަތުން މިހާރުވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު