ވަގުންގެ ޝަރީޢަތް ގާތްވާވަރަކަށް އެބައިމީހުންގެ އަޑު ގަދަވާނެ ކަމަށް ބުނެ އައްޑޫ ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ނިހާދު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ވެރިންނަށް ނިހާދު ރައްދު ދެެއްވާފައި މިވަނީ، ވަގުން ހިފަން އިދިކޮޅު ލަޝްކަރު ނިކުމެ ރާއްޖެ ފަތަޙަ ކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ލިޑަރ އަބްދުއްރަހީމް ޢަބްދުﷲ (އަރުދޭ) ވިދާޅުވުމާ ގުޅިގެންނެވެ.
އަދުރޭގެ ވާހަކައާއި ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރުން މިދަނީ ވަގުން ހިފަމުން ކަމަށާއި، އަދި މި ރާއްޖޭގައި ވައްކަމަށް އޮތް ޖާގަ މި ސަރުކާރުން ބޮޑުތަނުން ހަނި ކުރާނެ ކަމަށެވެ. ނިހާދު އިތުރަށް ވިދާޅުވީ، މަޖިލީހާއި ސަރުކާރުން ގެންދަނީ ވަގުން ހޯދައި އެމީހުންނަށް ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.
"ވަގުންގެ ޝަރީޢަތް ފެށެން ގާތްވުމުން ވައްކަމޭ ޖޫހޭ ކިޔާ ވައްކަން ފޮރުވަން އުޅުނަސް އެކަމެއް އިރާދަކުރެއްވިއްޔާ ނުވާނެ." ނިހާދު ވިދާޅުވެފައިވެއެވެ.
މީގެ ކުރިން އިދިކޮޅު ޕީއެންސީގެ ލީޑަރ އަދުރޭ ވިދާޅުވެފައިވަނީ، ހެލްތު މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީގެ ބޮޑު ޚިޔާނާތް ފަޅާ އެރިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްފައި ނުވުމުން ރައީސް ޞާލިޙުގެ ސަރުކާރުން ކޮރަޕްޝަނަށްދޭ "ޒީރޯ ޓޮލަރެންސް" ރައްޔިތުންނަށް ވަރަށް ރަގަޅަށް ހާމަ ވެއްޖެ ކަމަށެވެ. އަދި ވަގުން ހިފަން އިދިކޮޅު ލަޝްކަރު ނުކުމެ ރާއްޖެ ފަތަޙަ ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ހިންގާފައިވާ ޚިޔާނާތް ބެލުމަށް ރައީސް ޞާލިޙްގެ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ރައީސް ޞާލިޙަށް ފޮނުވާފައިވާއިރު، އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ ބަޔަކަށް ބޮޑެތި ދަޢުވާތަކެއް އުފުލުމަށް މި ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާއި، ފިނޭންސް މިނިސްޓަރ މުނައްވަރުގެ މައްޗަށް ދަޢުވާ އުފުލާފައި ވާއިރު، ކުރީގެ ރައީސް ޔާމީންވެސް ގެންދަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު