ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ މަގު ހެދުމުގެ މަސައްކަތުގެ 62 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މި މަސައްކަތުގައި އެ ރަށު މަގުތަކުގެ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ވަނީ އޮގަސްޓް 13 ގައި އެރަށަށް ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން މަގުގައި ހުރި ގާތައް ނެގުުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. އެމްޓީސީސީން ބުނެފައިވަނީ މިއީ 3.5 ކިލޯ މީޓަރު ސަރަހައްދެއް ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 25.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ %62 މަސައްކަތް ނިމިއްޖެ. މި މަސައްކަތުގެ ތެރެއިން ލ. ފޮނަދޫ މަގުތަކުގެ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ވަނީ 13 އޯގަސްޓް 2020 ގައި ލ. ފޮނަދޫއަށް ގެންދެވިފައި. pic.twitter.com/X2sdQnCpmO
— MTCC Plc (@MTCCPlc) August 19, 2020
މި މަޝްރޫއުގެ ދަށުން މަގުގައި ހުރި ގާތައް ނެގުުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. އެމްޓީސީސީން ބުނެފައިވަނީ މިއީ 3.5 ކިލޯ މީޓަރު ސަރަހައްދެއް ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 25.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.
ކިޔުންތެރިންގެ ހިޔާލު