ސަރުކާރުގެ ކުންފުނިތަކަށް ސަބްސިޑީދީގެން ނަމަވެސް އަތްފޯރާ އަގެއްގައި ދަތުރުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އިއްޔެ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ރީީކޯ އެކްސްގައި މިއަދު ވިދާޅުވީ މި ފެށިގެން ދިޔައީ އާ ވިޔަފާރިއެއް ކަމަށެވެ. އަދި އެއާއެކު އުތުރަށް ގިނަ ބަޔަކު ދަތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރީކޯ ވިދާޅުވީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި އެމްޓީސީސީއާއި މިފްކޯ ފަދަ ތަންތަނަށް ވެސް ސަބްސިޑީދޭ އުސޫލުން ނަމަވެސް ފައިދާވާ ގޮތަށް އަތްފޯރާއަގެއްގައި ދަތުރުކުރެވޭނެ ގޮތް ހެދުން މުހިއްމު ކަމަށެވެ.
"[އޭރުން] ރާއްޖެ ތަރައްގީ ވާނެއެވެ." ރީކޯ ވިދާޅުވި އެވެ.
އެތެރޭގެ ވައިގެ އުދުހުންތަކުގެ އަގުތައް ނިމިގެން ދިޔަ ސަރުކާރުގައި ކުޑަކުރިއެވެ. އެހެން ނަމަވެސް އެއާއެކު އައިލެންޑް އޭވިއޭޝަނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމަށްބުނެ ފަހުން ވަނީ އަގުތައް ބޮޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު