ބިދޭސީންތަކެއްގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު މައްސަަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ރޭ ރަސްފަންނުގައި ދެ ބިދޭސީއެއްގެ އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެ ދެ މީހުންގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައިިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ވަނަވަރު ވެސް ފުލުހުން މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެއީ ސ. ހިތަދޫއަށް ނިސްބަތްވާ އެރަށު އަތިރީގޭ އަހުމަދު ސިވާތު (37އަހަރު) އާއި ހަމަ އެ ރަށަށް ނިސްބަތްވާ ޑިލައިޓް ފޭސް، މުހައްމަދު ސާލިމް (37އަހަރު) އެވެ.

ފުލުހުން އިތުރަށް ބުނީ ފޭރުނު ފައިސާތައް ހޯދައިފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން