އިމިގްރޭޝަނުން މާލޭގެ ގެއެއް ބަލާ ފާސްކުރުމުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން މާލޭގެ ގެއެއް ބަލާ ފާސްކުރުމުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
މާލޭގައި ގަވާއިދާޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއްގެ މައުލޫމާތުތަކެއް ޓާސްކް ފޯހަށް ލިބުމުން ރޭގެ ވަގުތެއްގައި ހެންވޭރުގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެގޭގައި ދިރިއުޅެމުން ދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ އަދަދު އިންތިހާއަށް ގިނަ ވެފައިވާއިރު، ސަރުކާރުންވަނީ މިކަންތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި އިމިގްރޭޝަން އާއި ފުލުހުންގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިމެނޭހެން ޓާސްކު ފޯހެއް އުފައްދާފައެވެ.

އަދި ގަވާއިދާޚިލާފަށް އުޅޭ ބިދޭސީން ހޯދައި ދެނެގަނެ، އިމިގްރޭޝަނުން ދަނީ އެމީހުންނާމެދު ފިޔަވަޅު އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން