ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އުމުރުން 65 އަހަރުގެ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ފަރާތުގެ ވަނަވަރު ފުލުހުން މީހާރުވަނީ އާންމު ކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ.ހިތަދޫ, ވެހެތާނުގެ، އަބްދު ﷲ ސޯދިގު އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ މިމަހު 17 ގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އޭނާ ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 349 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ބަލަންޖެހޭ ކަންތައް ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު