އުންމީދަކީ އދ. ގައި ހަރަކާތްތެރި ގައުމެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ ފެނިގެން ދިޔުންކަމަށް މިދިޔަ ދައުރުގައި އދ. ގެ ރައީސް ކަމުގެ މަގާމު އަދާކުރެއްވި ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. ގެ މެންބަރު ގައުމަކަށް ރާއްޖެ ވީތާ 59 އަހަރު ފުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ވަނީ އދ. ގައި ބައިނަލްއަޤްވާމީ ގޮތުން މުހިންމު ކަންކަމުގައި ލީޑަރޝިޕް ދައްކައި، ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އަދި އދ. ގައި މިހޭދަވި ދުވަސްތަކުގެ އަލީގައި އދ. ގެ އުސޫލުތަކާއި އެއްގޮތްވާގޮތަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަކީ އެދޭ އެދުމެއްކަމުގައި ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިންވަނީ މުހިންމު ގިނަ މަސައްކަތްތަކެއް އދ. ގައި ކޮށްފައެވެ. ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އދ.ގެ މެމްބަރަކަށްވި އެންމެ ފުރަތަމަ އެއް ގައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން