ހުއްދަ ނެތި ހިޖާމާ ޖަހައިދޭ ތަނެއްގެ މައްސަލަ ބަލަން ފަށައިފި އެެވެ.
ފުލުހުން ބުނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި ހިޖާމާގެ ހިދުމަތް ހުޅުމާލޭގައި ދެމުންގެންދާ ކްލިނިކެއްގެ މައްސަލަ ބަލަން ހެލްތު މިނިސްޓްރީން އެދިފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ވެސް ފުލުުހުން ބުނެއެވެ.
ހެލްތު މިނިސްޓްރީން މި މަހު ކުރީކޮޅު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ގާނޫނާއި ހިލާފަށް އޯލްޓަނޭޓިވް ބޭސްފަރުވާގެ ހިދުމަތް ދެމުންދާކަން ފާހަގަ ކުރެވިފައިވާތީ ރަޖިސްޓަރީނުކޮށް، މިފަދަކަންކަން ކުރާފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށެވެ.
ދީނީ ގޮތުން ހިޖާމާއަކީ ފަރުވާއެއް ކަމަށް ހަދީސްތަކުގައި ބަޔާންކޮށްފައިވާ އިރު މީގެ ކުރިން ރާއްޖޭގެ ޑޮކްޓަރަކުވެސް ހިޖާމާއާ ދެކޮޅަށް ވާހަކަ ދެއްކުމުން އާންމުންގެ ނުރުހުން އަމާޒުވެ ފަހުން މާފަށް ވެސް އެދުނެވެ.

ކިޔުންތެރިންގެ ހިޔާލު