ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަތުލައިގަތުމަށް ހިންގި ހަރަކާތުގެ ތެރެއިން ފާއިތުވި ދިހަ މަސް ދުވަސްތެރޭ 4،054 ބިދޭސީން ޑީޕޯޓްކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 23 އިން ފެށިގެން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 17 ގެ ނިޔަލަށް 4،054 ބިދޭސީން ޑީޕޯޓްކުރެވިފައިވާކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންތަކަކީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށްޓަކައި މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބެމުންދާކަމަށް އިމިގްރޭޝަނުން ބުނާއިރު އެ އިދާރާއިން ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވެސް ގާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން