ސިނަމާލު ބުރިޖުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ބްރިޖު މަތިން ޓްރެފިކް ލައިޓް ކައިރިން ކަމަށެވެ.

އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:57 އެހާ ކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެ އެކްސިޑެންޓްގައި އެތަނުން އެއް ސައިކަލު ދުއްވި ދިވެހި އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހުންނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން