ސައުދީ އަރަބިއްޔާގެ ޕްރިންސް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަށް، ސައުދީގެ 94 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާތް ވެގެންވާ ދެ ހަރަމްގެ ވެރިޔާ ޕްރިންސް ސަލްމާން އަށާއި ސައުދީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ރޯޔަލް ހައިނެސް ފައިސަލް ބިން ފަރްހާން އަށް ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ޝާހިދު ވަނީ ސައުދީ އާއި ރާއްޖެ އާއި ދެމެދުގައި އޮތް އެކުވެރިކަމާއި ގާތް ގުޅުމުގެ ވަރުގަދަ ގުޅުންތައް ދެމިއޮންނާނެ ކަމަށާއި އިސްލާމީ އަގުތަކާއި، އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ދިވެހި ރާއްޖެއާއި ސައުދީ އަރަބިއްޔާ އަކީ ޒަމާނުއްސުރެ ވަރަށް ގާތް އެކުވެރި ދެ ގައުމުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސައުދީ އަރަބިއްޔާއަކީ އެކި ދާއިރާތަކުން ރާއްޖެއަށް ދީލަތި އެހީތައް ފޯރުކޮށްދެމުންދާ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު