ހަނދާން ނެތިގެން ބޭއްވުނު 30،000 އަށް ވުރެ އަގު ބޮޑު ފޯނު ފުލުހުން ހޯދައިދީފިއެވެ.

ފުލުހުން ބުނީ ދިދިގޯޅީގައި ޕާކު ކޮށްފައިހުރި ސައިކަލެއްގައި ޕޮކެޓްގައި ހަނދާން ނެތިގެން މީހަކަށް ބޭއްވުނީ 32،000 ރުފިޔާގެ އަގުގުރި މޮބައިލް ފޯނެއް ކަމަށެވެ.

އަދި އެ ފޯނު ވަގަށް ނެގި މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓްކުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އެ މޮބައިލް ފޯނު ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ފޯނު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެން ނަމަވެސް އެެ މައްސަލައިގައި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

ހަނދާން ނެތިގެއް ބާއްވާފައިދާ ތަކެތި ނެގުމުގެ މައްސަލަ ދޭތެރޭ ދޭތެރެއިން ހިނގަމުން އަންނަ މައްސަލައެކެވެ.

އެގޮތުން މީގެ އަހަރުތަކެއް ކުރިން ފިހާރައެއްގައި ކައުންޓަރު މަތީގައި ހަނދާން ނެތިގެން ބާއްވާފައި ދިޔަ ވޮލެޓެއް އެ ފިހާރައަށް އެ ވަގުތު ގޮސް ތިބި ދެމަފިރިން ނެގި މައްސަލައެއް ފެންމަތިވި އެވެ. އަދި އޭގެ ސީސީޓީވީ ފުޓޭޖްވެސް ލީކުވުުމުން އާންމުންގެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން