ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކެނޑިފައި ވަނީ ހިތަދޫގެ އެކި ހިސާބުތަކުންނާއި މަރަދޫ އަދި މަރަދޫ ފޭދޫ އާއި ފޭދޫގެ އެކި ހިސާބުތަކުންނެވެ.

އައްޑޫގެ ބައެއް ހިސާބުތަކުން ރޭ ފަތިހުގެ ވަގުތުފައިވެސް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ކަރަންޓުގެ ހިދުމަތް ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް މީސްމީޑިޔާގައި ދަނީ ފާޅުކުރަމުންނެވެ.

އައްޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫއިން ކަރަންޓުގެ ހިދުމަތް ކެނޑުނީ މަގު ހެދުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށް ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

”އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ރޭގެ މެންދަމު ⁦‪3:00‬⁩ ން ⁦‪5:00‬⁩ އާއި ދެމެދު ކަރަންޓު ކެނޑިފައިވޭ. ކޭބަލަށް ދިމާވި މި މައްސަލަ ދެނެގަނެވި މިހާރު ވަނީ ޙައްލު ކުރެވިފައި.“ ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ މިފަދަ މަސައްކަތްތަކުގައި ހިނގާ ކުދި ކުދި އެކްސިޑެންޓްތަކުގެ ތެރެއިން ދިމާވާ މިފަދަ ޙާލަތްތަކުގައިވެސް، ކަސްޓަމަރުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން