ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކޮށްގެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ދަން ޖެހިގެން މަރުވެއްޖެ އެވެ.

ކަރެކްޝަންސްއިން ބުނީ މަރުވީ ގ. އެއްތެޔޮމާގޭ އަބްދުލް ޣަނީ އިސްމާއިލް (62 އަހަރު) ކަމަށެވެ.

އެގޮތުން އޭނާ މިއަދު ހެނދުނު 6:52 ގައި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން ހޮސްޕިޓަލަށް ގެންގެންދިޔަ ކަމަށާއި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު 7:21 ގައި ކަނޑައެޅި ކަމަށެވެ.

ކަރެކްޝަނުން ބުނީ އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ.

އޭނާގެ މަރާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަަމަށް ކަރެކްޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން