މާލޭގެ ކާނުތައް ސާފުކުރަނީ
މާލޭގެ ކާނުތައް ސާފުކުރަނީ
މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގެ ސާވޭއެއް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ 19 ދާއިރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިސާވޭ ފަށާފައިވަނީ 2024 ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. މި ސާވޭގެ މަސައްކަތް ނިމޭއިރު، މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނާނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

“މިގޮތުން ހަލާކުވެފައި ހުރި މަގުތަކާއި ކާނުތަކާއި ދުވާރުތަކާއި އަދި ޢިމާރާތް ކުރުމުގެ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ތަންތަން ވެސް ޑިޖިޓަލްކޮށް ފެންނާނެއެވެ.” ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިހާރު ފެށިފައިވާ މި މަސައްކަތުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރުމާއި ހަލާކުވެފައި ހުރި މަގުތަކާއި ދުވާރުތަކާއި ކާނުތައް މަރާމާތު ކުރުން ވެސް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މިސަރވޭގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އުޅަދުތަކަށް މިހާރު ކުރިމަތިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށާއި މަގުތަކުގެ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވި، ކުރިމަތިވާ މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި މަސައްކަތުގައި ކައުންސިލުގެ މުއައްޒަފުންނާއެކު ކައުންސިލަރުން ޢަމަލީ ގޮތުން ހަރަކާތްތެރިވަމުން ދާ ކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން