ތުރުކީ ވިލާތުގައި ކުރީން ފައްޅިއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތެއް މިސްކިތަކަށް ބަދަލު ކުރުމަށް ތުރުކީ ވިލާތުގެ ރައީސް ޠައްޔިބު އޮރުދުޣާން ނިންމަވައިފިއެވެ.
ރައީސް އޮރުދުޣާން މިފަހަރު ވެސް މުސްލިމުން ނަމާދުކުރާ ތަނަކަށް ބަދަލު ކުރަން ނިންމެވި އިމާރާތަކީ މިހާރު އާސާރީ ދާރުލް އަސާރެއްގެ ގޮތުގައި ބޭނުން ކުރާ ފައްޅިއެކެވެ. ކުރިން ފައްޅިއެއްގެ ގޮތުގައި ބޭނުންކުރި އިސްތަންބޫލްގައި ހުންނަ ކާރިޔާ މިއުޒިއަމް މުސްލިމުން ނަމާދުކުރާ ތަަނަކަށް ބަދަލު ކުރުމަށް ތުރުކީގެ ރައީސް ނިންމަވާފައި މިވަނީ ކުރިން ފައްޅިއެއްގެ ގޮތުގައި ބޭނުން ކުރި ހާގިޔާ ސޯފިޔާ އަކީވެސް މިހާރު މުސްލިމުން އަޅުކަން ކުރާ މިސްކިތަކަށް ބަދަލު ކުރެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.
ހާގިޔާ ސޯފިޔާ އަކީވެސް ކުރިން ފައްޅިއެއްގެ ގޮތުގައި ބޭނުންކުރި އަދި ފަހުން އާސާރީ ބިނާއެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ދާރުލް އާސާރެކެވެ. ހާހެއްހާ އަހަރު ވެފައިވާ ކާރިޔާ މިއުޒިމަކީވެސް ހާގިޔާ ސޯފިޔާ ފަދަ ތުރުކީ ވިލާތުގެ ތާރީޚީ ބިނާއެކެވެ. ހާގިޔާ ސޯފިޔާ ފަދައިން ކާރިޔާ މިއުޒިއަމަކީ ވެސް މީގެކުރިން މިސްކިތެކެވެ. ކާރިޔާ މިސްކިތް ފައްޅިއަކަށް ބަދަލު ކުރީ 1453 ވަނަ އަހަރު ތުރުކީ ވިލާތުގައި ރަސްކަން ކުރެއްވި އޮޓަމަން އެމްޕެއަރ ގެ ވެރިކަމުގައެވެ. އެތަން ދާރުލްއާސާރަކަށް ބަދަލުކުރީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އުފެދުނު ވެރިކަމުގެ ދުވަސްވަރުގައެވެ.
1958 ވަނަ އަހަރު އެތަނުގެ އާބާތުރަ ފިލުވައި ދާރުލް އަސާރަކަށް ބަދަލުކުރީ އެމެރިކާގެ ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކުންނެވެ.
ތުރުކީ ވިލާތުގައި އޮޓަމަން އެމްޕެއަރގެ ރަސްކަމުގައި ބަދަލު ގެނަސްފައިވާ މުސްލިމުންގެ މިފަދަ އާސާރީ ބިނާތަކާއި އިމާރާތްތަކާއި މިސްކިތްތައް އަލުން ކުރީގެ މަގަށް ރުޖޫޢަ ކުރުމުގެ މަސައްކަތަކީ ތުރުކީގެ ރައީސް ވަރަށް އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އެގޮތުން ތުރުކީ ވިލާތުގެ ޔޫރަޕާއި ވީ ފަޅީގައި ހުންނަ ކާރިޔާ މިއުޒިއަމް މިސްކިތަކަށް ބަދަލު ކުރުމުގެ ހުއްދަ ތުރުކީވިލާތުގެ އެންމެ މަތީ ކޯޓުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު