ކޮށާލާ މަރާލާނެ ކަމަށް ބުނެ ފުލުހަކަށް އިންޒާރުދިން މީހާ ފަސް މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އައްޑޫ ފޭދޫ ކޯޓުން އެ ހުކުމް އިއްވީ ސ. ފޭދޫ ސްނޯވައިޓް، އަހުމަދު ޝިހާޒް ނަަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

ކޯޓު ހުކުމުން އެނގޭގޮތުގައި ޝިހާޒް އިންޒާރު ދިނީ ތުހުމަތެއްގައި ސ. ގަން ޕޮލިސް ސްޓޭޝަން ގެންދިއުމުން އެ ވަގުތު އެ ސްޓޭޝަންގައި ހުރި ކޮންސްޓެބަލް ފުލުހަކަށެވެ.

އެގޮތުން އެ ފުލުސް މީހާ މަގުމަތިން ފެނިއްޖެނަމަ އޭނާ ކޮށާލާ މަރާލާނެ ކަމަށް ބުނެފައިވާތީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ގާނުނުގެ ދަށުން ޝިހާޒްގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.

ކޯޓުން ނިންމާފައިވަނީ ޝިހާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އަދި ފަސް މަހާއި 23 ދުވަހަށް އޭނާ ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން