ރާއްޖޭގެ ބެންކަކުން ނަގާފައިވާ ލޯނަށް ފައިސާ ނުދެއްކުމުން މާލޭގެ ދެ ގެއެއް ވިއްކާލަން ނިންމައިފިއެވެ.

މާލޭގެ ދެ ގެއެއް ވިއްކާލަން ނިންމައި ބެންކުން ކުރި އިއުލާނެއްގައި ބުނީ ސަންފްރަންޓް ލައިޓްޝޮޕްގެ ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި ބިސްބުރު ކައިރީގައި ހުންނަ މ. ބީޗްކޯނަރ ނީލަމުގައި ވިއްކާލަން ނިންމާފައިވާ ކަމަށާއި އެ ދެ ވިއްކާލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

މި އިއުލާނުގައި އެ ބެންކުން ބުނީ 792 އަކަފޫޓުގެ ނާއިންފަރުއާގެ ނީލަމުގައި ވިއްކާލުމުގެ ނީލަން ފެށޭ އަގަކީ 13 މިލިއަން ރުފިޔާ ކަމަށާއި އެ ގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ދިހައަކަށް ހަމަވާނެ ކަމަށެވެ. އަދި ބީޗް ކޯނަރ އަކީ 927.33 އަކަފޫޓުގެ ގެއެއް ކަމަށާއި އެ ގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާ ކަމަށެވެ. ބީޗް ކޯނަރުގެ ގަތުމަށް އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށް ބެންކުން ވަނީ ބުނެފައެވެ.

ބެންކުން ބުނިގޮތުގައި އެ ބޭންކުން އެންމެ ބޮޑު އަގެއް ހުށަހެޅި ކަމަށް ބަލާނީ ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލެއް ނައިސް، ފަސް ދުވަސް ވަންދެން އޮތުމުންނެވެ.

މުއްދަތު ހަމަވާ ތާރީހާއާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު ނީލަން ކުރިޔަށްދާ ތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް ވެސް ބެންކުގެ އިއުލާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން