ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން ބަލާފާސްކުރަން ނިންމާފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.
ދިފާއީ ވުޒާރާއިން ބުނީ "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން ބަލާފާސްކުރަން ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެއަށް އެކި ބޭނުންތަކަށް އެތެރެ ކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި، އެފަަދަ ކެމިކަލްތައް ގުދަންކޮށް ރައްކާ ކުރުމަކީ އެ ވުޒާރާއިން ރެގިއުލޭޓް ކުރާ ކަމެއް ކަަމަށާއި މިފަދަ ކެމިކަލްތަކަށް ހުއްދަދެވިފައި ވަނީ އިމުގެ ތެރެއިން ކަމުގައި ވީނަމަވެސް، އެ ތަކެތި ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވާއިދާއި ހިލާފުވާ ކަމުގެ ޝަކުވާ އެ ވުޒާރާއަށް ލިބެމުންދާ ކަަމަށެވެ.
"މި ކަމަކީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މުތުލަގަށް ތަންފީޒު ނުކުރެއްވިއްޖެނަމަ އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެންދިއުމަށް ހުޅުވޭ ދޮރެއް ކަމުގައި ދެކެމެެވެ." ދިފާއީ ވުޒާރާގެ ބަޔާނުގައި ވެއެވެ.
ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށްޓަކައި ދިފާއީ ވުޒާރާއަށް ފެނިއްޖެ ނަމަ، އެތަންތަން އިންސްޕެކްޓް ކުރުމަކީ ގާނޫނީ ގޮތުން އެ ވުޒާރާއަށް ދީފައިވާ އިހުތިޔާރެއް ކަމަށްވެސް ދިފާއި ވުޒާރާޢިން ވަނީ ބުނެފައެވެ.
ދިފާއީ ވުޒާރާއިން ބުނީ އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން ނުރައްކާތެރި ކެމިކަލް ގެންގުޅޭ ތަންތަން އިންސްޕެކްޓް ކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލު ކުރުމަށް ރާއްޖެގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު