މަސްވެރިނަނަށް ދޭންޖެހޭ 17 މިލިއަން ރުފިޔާ އަންނަ ހަފްތާގެ ކުރިން ދޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މިއަދު ބުނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑިފަހަރުގެ ޕެންޑިންގ ބިލްތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ދެމެދު މަޝްވަރާކޮށްގެން މިވަގުތަށް ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ.
”ސަރުކާރުން ދަނީ ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށްދެމުން.” މިފްކޯއިން ބުނެފައި ވެއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ދައްކާ ހަލާސްކުރާން ސަރުކާރުން އަމާޒުހިފާފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އަދި މީގެ މައުލޫމާތު ލިބޭ މިންވަރަކުން ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނޭ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު