ވޭޕާއި ގުޅޭ ކަންބޮޑުވުންތަކާ ބެހޭގޮތުން ރާއްޖޭގެ ޑޮކްޓަރުންނާއި ތައުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ސްކޫލްތަކުގެ ވެރިންނާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މީގެ ދެ ދުވަސް ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އިސްވެރިންނާ އެއްކޮށް މި ބައްދަލުކުރެއްވުންތައް ފެށި އިރު އަތޮޅުތެރޭގެ ސްކޫލުތަކުގެ އިސްވެރީންނާއެކު އޮންލައިންކޮށް މިއަދު ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވާކަމަށް ތައުލީމީ ވުޒާރާއިން ހާމަކުރެއެވެ.
ތައުލީމީ ވުޒާރާއިން ބުނީ މި ބައްދަލުވުންތައް ކުރިޔަށްދާނީ ސިލްސިލާކޮށްކަމަށާއި
މި ބައްދަލުވުންތަކުގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރ ޑރ. މުހައްމަދު އަލީ ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ވަނީ ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް އެތެރެކުރުން މަނާކުރުމަށް ގޮވާލާ އަޑު ގަދަވެފައެވެ. އެގޮތުން ދާދި ފަހުން ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ އެކަމަށް ގޮވާލާފައެވެ.
އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ބާވަތެއްގެ ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު