ޕީއެންސީގެ ދާއިރާތަކުގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރަން ބާއްވަން އުޅުނު އެތެރޭގެ އިންތިހާބު ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ.
ޕީއެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިއަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ދާއިރާތަކުގެ މަގާމުތަކުގެ އިންތިހާބު ބާއްވާ ތާރީހު މި އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އިންތިހާބު ފަސްކުރި ސަބަބެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
ޕީއެންސީން ބުނީ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއިއެކު މަގާމުތަކަށް ކުރިމަތި ލުމަށްވެސް އިތުރު މުއްދަތެއް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން، އޮކްޓޯބަރު 24 ވަނަ ދުވަހާއި ހަމައަށް މަގާމުތަކަށް ކުރިމަތި ލެވޭނެކަމަށާއި، ހަމަ އެގޮތަށް، އެ ދުވަހުގެ އިރުއޮއްސި 6 އާއި ހަމައަށް ޕާޓީ އޮފީހަށް މެންބަރޝިޕް ފޯމް ހުށަހަޅައިގެން އެ ޕާޓީއަށް ވަންނަ އެންމެނަށްވެސް އެ އިންތިހާބުގައި ވޯޓުލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ޕީއެންސީން އިންތިހާބުގައި ވާދަކުރަން ހުޅުވާލާފައިވަނީ، ދާއިރާ ރައީސް، ދާއިރާ ނާއިބު ރައީސް، ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސް، އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް އަދި ސްޓިއަރިން ކޮމެޓީގެ މެންބަރުކަމުގެ މަގާމަށެވެ.

ކިޔުންތެރިންގެ ހިޔާލު