މި އަހަރު ފެށުނު ފަހުން ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 150 ކިލޯއިން މައްޗަށް އަރައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ޑްރަގް އެންފޯސްމަންޓުން ވަނީ 113 އޮޕަރޭޝަން ކުރިއަށް ގެންގޮސްފަ އެވެ. އަދި ޖުމްލަ 158 ކިލޯގެ މަސްތުވާތަޖެތި އަތުލައިގެންފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ވަނީ 5252 ބަނގުރާ ފުޅި ވެސް އަތުލައިގެންފަ އެވެ.

އެ ހުރިހާ މަސްތުވާތަކެތީގެ އަގު 282.3 މިލިއަން ރުފިޔާއަށް އަރައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ މައްސަލަތަކުގައި 712 މީހުން ހައްޔަރުކުރި އިރު އޭގެ ތެރޭގައި 80 ބިދޭސީން ވެސް ހިމެނެ އެވެ. އެ މީހުން އިމިގްރެޝަނާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން