ޕީކް ގަޑިތަކުގައި މާލޭގެ 21 ސަރަޙައްދެއްގައި މިހާރު ފުލުހުން ޙަރަކާތްތެރިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ސުޖާއު މިއަދު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި ފުލުހުންގެ އިދާރާއިން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން ސީނިއާ ފުލުހުން ހިމެނޭގޮތަށް، މުޅި ރާއްޖޭގައިވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުމަށް ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި އެނިންމުމާ އެއްގޮތަށް، ސްކޫލްތައް ކައިރީ ސީނިއާ ފުލުހުން ހަރަކާތްތެރިވާގޮތަށް ފެށި މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ސުޖާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، މާލޭގެ ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ވަކި ހާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތާއި އެމަސައްކަތަށް އިތުރަށް ބޭނުންވާ 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުން ދާކަމަށް ސުޖާއު ވިދާޅުވިއެވެ.
“މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގަ މާލެއަށް ބެލި ކަމުގައި ވިޔަސް 21 ސަރަހައްދެއްގަ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ.” ސުޖާއު ވިދާޅުވެފައިވެއެވެ.
ސުޖާއު ވިދާޅުވީ މިއީ ކުރިއަށް އޮތްތަނުގައި މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ފުލުހުންގެ ޚިދުމަތް ކުރިއަށް ގެންދާނެ ގޮތްކަމަށާއި މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށެވެ.
ހަމައެއާއެކު ރައްޔިތުންނަށް މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ ކަމަށާއި އެކަން ދުވާލުގެ ބޮޑުބައެއްގައި ހާސިލް ވެގެންދާނެ ކަމަށް ސުޖާއު ވިދާޅުވެފައިވެއެވެ.
އަދި މި މަސައްކަތްތައް މޮނިޓަރކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އާއި ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކަމަށާއި ސީނިއާ ފުލުހަކު މިސެންޓަރުގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމަށްވެސް ސުޖާއު ވަނީ ވިދާޅުވެފައެވެ.
“މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓަރ ކުރަމުން ގެންދާނެ. ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު މި ސެންޓަރުން ވަގުތުން ބަލައިލެވޭނެ. އަދި އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ.” މީޑިއާތަކަށް ފޮނުއްވާފައިވާ މެސެޖުގައި ސުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ސުޖާއު ވިދާޅުވީ މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ގޭންގް ކުށްތައް މަދުކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު