މިފްކޯއަށް ސީއީއޯއެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
މަހަކު ދެ ލައްކައެއްހާ ރުފިޔާ ލިބޭ ގޮތަށް އަދި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިދިޔަ ޖޫން މަހު ވެސް ހުޅުވާލި އެވެ.
ނަމަވެސް އެ މަގާމަށް ޝަރުތު ހަމަވާ އެއްވެސް މީހަކު ކުރިމަތިނުލާ ކަމަށް ބުނެ އެ އިއުލާން ބާތިލުކުރީ އެވެ.
އޭގެ ފަހުން އަނެއްކާވެސް މިއަދު ވަނީ އެ މަގާމަށް ކުތިމަތިލުމަށް ހުޅުވާލައިފަ އެވެ. އެއީ އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށެވެ.
ނަމަވެސް މުސާރައިގެ އަދަދެއް މިއަދު ކުރި އިއުލާނުގައި ބުނެފައެއް ނުވެއެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން ވަކި ކުރުމުން ނެވެ. ސަމާހު އެ މަގާމުން ވަކި ކުރުމަށް ފަހު ފަހުން ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު