ފަތުރުވެރިއެއްގެ ތަކެތި ވަގަށް ނަގައި ވިއްކާލި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުން މެރީ ބްރައުން ކައިރި ބުރު މަތީގައި ޗައިނާ ފަތުރުވެރިއަކަށް ހަނދާން ނެތިގެން ބޭއްވުނު ދަބަސް ގެއްލިގެން ރޭ 19:12 ކަންހާއިރު ރިޕޯޓްކުރި ކަމަށެވެ.

އެއާއެކު އެ ދަބަސް ހޯދަން ގަލޮޅު ޕޮލިހުން ކުރި މަސައްކަތުން ރޭ 22:15 ކަންހާއިރު އެ ދަބަސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭރު އެ ދަބަހުގައި ހުރި ބައެއް ތަކެތި ހުރީ ވިއްކާލައިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ލެޕްޓޮޕް، ހާޑް ޑްރައިވް ފަދަ ތަކެތިވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ދަބަހުގައި ހުރި ތަކެތި މިހާރު ފަތުރުވެރިޔާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައިގައި ގދ ތިނަދޫ/ރަންފައުނު، ޒަބީހު މުހައްމަދު (41 އަހަރު) ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން