ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަނޫން ޓްރާންސްފަރ ސްލިޕް އުފައްދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

“ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ވަނީ ފާހަގަކުރެވިފައެވެ.” ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހުގައި ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހަމައެއާއެކު މިފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ސައްޙަ ނޫން ސްލިޕް ފޮނުވުމުގެ މައްސަލަތައް އިތުރުވެފައިވާއިރު މީގެ ކުރިން ފުލުހުން ވަނީ ފޯނަށް ލިބޭ އޯޓީޕީ، އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި ފައިސާ ފޮނުވުމުގައި ވެސް ވެރިފަރާތް ވެރިފައި ކުރުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން