ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް މީހުންގެ ތެރެއިން ބަޔަކު ޑީޕޯޓްކޮށްލައިފިއެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ފަސް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިމިގްރޭޝަނުން އޭރު ބުނީ އެ މީހުން އަތުން އެތައް ލައްކަ ރުފިޔާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނުނު ކަމަށެވެ.

އިމިގްރޭޝަން މީޑިއާ އޮފިޝަލު "ރަސް"އަށް ވިދާޅުވީ އެ މައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަމީހުންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް ތިން މީހުން ޑީޕޯޓްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ކަޅުބާޒާރުގައި މިހާރުވެސް ބިދޭސީން ޑޮލަރު ވިއްކުމާއި ގަތުމުގައި އުޅޭތަން ފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން