ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓްރީގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލް (މ)
ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓްރީގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލް (މ)
ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓްރީގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލްގެ މައްޗަށް ތުހުމަތުކޮށް ހުށައަޅާފައިވާ ފޯޖަރީގެ މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ޖަލީލަށް ތުހުމަތުކޮށް ފޯޖަރީގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 19 ގައި ކަމަށެވެ.

އޭގެ އިތުރުން ޖަލީލު ހިމެނޭ އިތުރު މައްސަލައެއް މިމަހުގެ 23 ގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައަކީ ފިހާރައެއްގެ ތެރޭގައި ދެފަރާތެއްގެ މެދުގައި ހިންގި ހިތްހަމަ ނުޖެހުމުގެ މައްސަލައެއް ކަމަށާއި އެމައްސަލަވެސް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު އެ މައްސަލަތަކާ ގުޅުންހުރި މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް މައްސަލާގައި ހިމެނޭ ދެފަރާތަށްވެސް އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަލީލުގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ 2 ޖެނުއަރީ 2022ގައި މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ޑީންސްވިލާގެ، ހާޝިމް މުހައްމަދުގެ ޢާއިލާއިންނެވެ. އެ ޢާއިލާއިން ޖަލީލުގެ މައްޗަށް ކުރަމުންދަނީ ޙާޝިމްގެ ވިޔަފާރިތައް ސައްޙަނޫން ލިޔުންތަކެއް ބޭނުންކޮށްގެން ޖަލީލުގެ މައްޗަށް ބަދަލުކުރިކަމުގެ ތުހުމަތެވެ.

އެގޮތުން ހާޝިމްގެ އާއިލާ އާއި ޖަލީލާއި ދެމެދު މާލޭގެ ފިހާރައެއްގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރުވަނީ އާންމުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން