އިމިގްރޭޝަނުން މިއަދު ހުޅުމާލޭގައި ބޮޑު އިންސްޕެކްޝަނެއް ކުރިޔަށް ގެންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ބަލާ ފާސްކުރާގޮތަށް މި ހަރަކާތް ކުރިޔަށް ގެންދަން ނިންމާފައިވާއިރު މި ހަރަކާތުގައި ހުޅުމާލޭގެ 27 ޒޯނެއް (ފޭސް 01 އަދި 02) ހިމެނޭގޮތަށް އެކި ސަރަހައްދުތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވާނޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނީ މި ހަރަކާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް މި އިންސްޕެކްޝަންގައި ބައިވެރިވާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ މާލޭގައި ވެސް މީގެ ކުރިން އިންސްޕެކްޝަނެއް ކުރިޔަށް ގެންގޮސްފައިކަން ފާހަގަ ކުރެވެއެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައިވާއިރު ގަވާއިދާ ހިލާފަށް ހިންގާ ގިނަ ތަންތަން ބަންދުކުރިކަންވެސް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން