އިއްޔެ އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނުން 28 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ހުލުމާލޭގެ ފޭސް އެކަކާއި ދޭއްގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވިއިރު ފުލުހުންނާއި، އިކޮނޮމިކް މިނިސްޓްރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް ބައިވެރިވި އެވެ.

އިއްޔެ ހަވީރު ހަތަރަކުން ހަޔަކަށް ގެންދިޔަ އެ އޮޕަރޭޝަންގައި ޖުމްލަ 314 ތަނެއް ބަލައި ފާސްކޮށް 769 ބިދޭސީންނާ ސުވާލުކުރި ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި ސުވާލު ކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ވެސް ބުނފައި ވެެއެވެ.

އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީ ގަވާއިދާ ހިލާފަށް އެ މީހުން ލައްވައި މަސައްކަތް ކުރުވާ 92 ދިވެހީންނަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އަދި ނޯޓިސްއާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އެ ފަރާތްތަކާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން