ޖާގަ ތަނަވަސްކޮށް މުހިއްމު ގިނަ ބަދަލުތަކަކާ އެކީ މާލޭގެ އާސަހަރާ ހުޅުވަން ތައްޔާރުވެއްޖެއެވެ.

މާލޭގެ އާ ސަހަރާ ހުޅުވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ އާސަހަރާގައި މިހާރު ކުރިއަށް ދަނީ ތަން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. ކައުންސިލުން ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން އާ ސަހަރާގެ ބޮޑެތި މަރާމާތުތަކެއް ފަށައިގެން ކުރިއަށް ގެންގޮސްފަ އެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަހަރާގައި ޖަނާޒާތައް ބޭއްވުން ހުއްޓާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް ބާއްވަމުން އައިސްފައި ވަނީ ހުޅުމާލޭގައެވެ.

މި މަސައްކަތުގެ ތެރެއިން އާ ސަހަރާގެ ޖާގަ ތަނަވަސް ކުރުމުގައި މިސްކިތް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އާ ސަހަރާ މިސްކިތުގެ މަތީ ބައި ޚާއްޞަކޮށްފައި ވަނީ އަންހެނުންނަށެވެ.

ސިޓީ ކައުންސިލުން ބުނީ މި މަސައްކަތަކީ އެ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއަށް ކަނޑައެޅި ބަޖެޓަކީ 4.9 މިލިއަން ރުފިޔާއެވެ. ނަމަވެސް އާސަހަރާގެ ކަންކަން ނިންމުމަށް 9.7 މިލިއަން ރުފިޔާ ހޭދަވި ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައިއެވެ.

މޭޔަރު ވިދާޅުވީ އަންނަ ހުކުރު ދުވަހު އާ ސަހަރާ ހުޅުުވައި ބޭނުންކުރަން ފެށުމުން ޖަނާޒާގެ ކަންތައްތަކަށް ބޮޑު ފަސޭހައަކާއި ލުއެއް ލިބިގެން ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން