ދަރިވަރުންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ހަތްސަތޭ މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ މިނިސްްޓްރީން މި އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 13،866 ދަރިވަރުންނަށް މާލީ އެހީފޯރުކޮށްދިން ކަމަށެވެ.

އެގޮތުން ފުރަތަމަ ޑިގްރީ، ސްކޮލަރޝިޕް ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން އެ ދަރިވަރުންގެ މަތީ ތަޢުލީމާއި ތަމްރީނަށް 689.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ސްކީމްތަކުގެ އިތުރުން ވެސް މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައި ވެއެވެ.

އެގޮތުން މިހާރުވެސް ޖަޕާނު، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތައް ގައުމެއްގެ އެންބަސީތަކާއި، ޔުނިވަރސިޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުޞަތުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ ކަަމަށްވެސް މިނިސްރީން ބުނެފައިއެވެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮއްދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ އެތަށް މަސައްކަތެއް މިނިސްޓްރީން ކުރިއަށް ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން