މިއަހަރުގެ އޮގަސްޓަށްވުރެ ސެޕްޓެމްބަރު މަހު ކުށްތަކަށް އަރައިގަނެފައިވާ މިންވަރު ދަށް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު ޢާއްމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ފުލުހުންނަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން 230 މައްސަލަ ހުށައަޅާފައިވާއިރު އެއީ އޮގަސްޓްމަހު ހުށައަޅާފައިވާ 327 މައްސަލައަށްވުރެ 97 މައްސަލަ މަދު ޢަދަދެކެވެ.
އޭގެ އިތުރުން މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތައްވެސް ސެޕްޓެމްބަރ މަހު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 143 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު މަސްތުވާތަކެތީގެ 111 މައްސަލަ ފުލުހުންނަށް ހުށައަޅާފައިވެއެވެ.
އޯގަސްޓްމަހު ފުލުހުންނަށް ހުށައަޅާފައިވަނީ 204 އެކްސިޑެންޓްގެ މައްސަލައާއި މަސްތުވާތަކެތީގެ 134 މައްސަލައެވެ.
ފުލުހުންގެ އިސް ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު ވިދާޅުވީ ފާއިތުވީ ދެމަހުގެ ތަފާހިސާބުން ދައްކައިދެނީ ފުލުހުންގެ ފްރަންޓްލައިންގެ ރޭވުންތެރިކަމަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ.
ދާދިފަހުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާއު ވިދާޅުވެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފުލުހުންގެ އިދާރާއިން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން ސީނިއާ ފުލުހުން ހިމެނޭގޮތަށް، މުޅި ރާއްޖޭގައިވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުމަށް ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުން ނިންމައި އެކަން ތަންފީޒުކުރަން ފަށާފައިވާކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.

Statistics show a reduction in theft, robbery, and overall crime in the Maldives during September compared to August. The new initiatives in Local Frontline Policing, implemented under the Strategic Plan, are yielding positive results. pic.twitter.com/vLn41CPAUp
— Ahmed Shifan (@Shifan4040) October 1, 2024
ދާދިފަހުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާއު ވިދާޅުވެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފުލުހުންގެ އިދާރާއިން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން ސީނިއާ ފުލުހުން ހިމެނޭގޮތަށް، މުޅި ރާއްޖޭގައިވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުމަށް ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުން ނިންމައި އެކަން ތަންފީޒުކުރަން ފަށާފައިވާކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު