ގެއްލިގެން ހޯދަމުންދާ މީހާ
ގެއްލިގެން ހޯދަމުންދާ މީހާ
ހުޅުމާލޭން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މޮހަމެޑް ސެޙް ކިޔާ އިންޑިޔާ މީހެއް ކަމަށާއި އެމައްސަލަ ރިޕޯޓް ކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެހެންކަމުން މޮހަމެޑް ސެޚް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން