ޓީޗަރުންނަށް އިދާރީ މަސައްކަތް ހަވާލުކުރުން މަދު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޓީޗަރުންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ މަސައްކަތުގައި މާބުރަކޮށް އުޅެން ޖެހުމަކީ ޓީޗަރުން ނަފްސާނީވެ ދޮޅަހެޔޮ ކަމަށް ވަރަށް ބޮަޑަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ކިޔަވައިދިނުމާ ނުގުޅޭ ކަންކަން، އިދާރީކަންކަން ޓީޗަރުންނަށް ހަވާލުކުރުން މަދުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.
"އުއްމީދުކުރަނީ ޓީޗަރުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް. އެއާއެކު ޓީޗަރުންނަށް އެ މީހުންގެ ހަގީގީ މިޝަންކަމަށްވާ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް ކިޔަވައިދިނުމަށް ރަނގަޅު މާހައުލެއް ގާއިމުކޮށްދެވޭނެ." ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރަމަށް ވެސް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.
އެގޮތުން ޓީޗަރުން ބާރުވެރިކުރުމުގެ ގޮުތުން ރިފްރެޝާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ޓީޗަރުންނަށް އިތުރަށް ހޯދައިދީ ގަވާއިދުން ވޯކްޝޮޕްތައް ބާއްވައި މެންޓެލް ހެލްތާ ގުޅޭ ސަޕޯޓް ވެސް ފޯރުކޮށްދޭން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު