ލ. ގަމުގައި ސްކޫލު ކުދިންތަކެއް އެ ސްކޫލުގެ އެހެން ކުދިބަޔަކު ބްލެކްމެއިލް ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެކަމުގެ ޝިކާރައަަކަށްވީ ގަމު ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއަކު "ރަސް"އަށް މައުލޫމާތު ދެމުން ބުނީ ބްލެކްމެއިލް ކުރުމުގައި އުޅެނީ ގްރޭޑް ނުވައެއްގެ ދެ ދަރިވަރުންނާއި އިތުރު އެހެން ދެ ގްރޭޑެއްގެ ދެ ދަރިވަރުން ކަމަށެވެ.
ބެލެނިވެރިޔާ ބުނީ އޭނާގެ 13 އަހަރުގެ ދަރިފުޅު ބްލެކްމެއިލްކުރާކަން އެނގުނީ ދަރިފުޅުގެ އިންސްޓަގްރާމުން ފެނުނު މެސެޖުތަކަކުން ކަަމަށެވެ.
އެގޮތުން މަރާލާނެކަމުގެ އިންޒާރުވެސް ދީފައި ހުރި ކަމަށާއި އަދި ދަރިފުޅާ ވަރަށް ހުތުރުކޮށް ވާހަހަކަދައްކާފައި ހުރި ކަމަށްވެސް އޭނާ ބުންޏެވެ.
"މިދިޔަ ހުުކުރު ދުވަހު ފަތިހު އެ ކުދިން އަޅުގަނޑުގެ ގެއަށް ވަނީ ކުޑަދޮރުން. ދެން އުޅުނީ ދަރިފުޅު ގޮވައިގެން ބޭރަށް ދާން. ދަރިފުޅު ބްލެކްމެއިލްކޮށްގެން ދަރިފުޅު އެބަހުރި ގެއިން 500 ރުފިޔާ ނަގައިގެން އެ ކުދިންނަށް ދީފަ." ބެލެނިވެރިޔާ ބުންޏެވެ.
ބެެލެނިވެރިޔާ ބުނީ އެކަން ދިމާވެގެން އުޅެނީ އޭނާގެ ދަރިފުޅަށް އެކަނި ނޫން ކަމަށެވެ. އަދި މީގެ ކުރިންވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުމުން އެއިން ނަތީޖާއެއް ނުނިކުތް ކަމަށް އޭނާ ބުނެފައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އަދި އެކަން ބަަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު