ޑިޕޯޓް ކުރި މީހުން
ޑިޕޯޓް ކުރި މީހުން
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރި ހަ ބިދޭސީން އަތުލައިގެންފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެމްބަރު މަހުގައި ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.

އަދި މިކަމުގައި ޝާމިލްވާ ބިދޭސީ 05 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 03 މީހަކު ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ބާކީ 03 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ، އުމުރުން 39 އަހަރުގެ އަންހެނަކާއި، 36 އަހަރުގެ އަންހެނަކާއި، 37 އަހަރުގެ އަންހެނަކާއި، 28 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ އަންހެނެއްގެ އިތުރުން، 31 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގައި ގަވާއިދާޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ އަދަދު އިންތިހާއަށް ގިނަ ވެފައިވާއިރު، ސަރުކާރުން ވަނީ މިކަންތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިމެނޭހެން ޓާސްކު ފޯހެއް އުފައްދާފައެވެ.

އަދި ގަވާއިދާޚިލާފަށް އުޅޭ ބިދޭސީން ހޯދައި ދެނެގަނެ، އިމިގްރޭޝަނުން ދަނީ އެމީހުންނާމެދު ފިޔަވަޅު އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން