އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ސިޔާސީ ޕާޓިއެއްގެ މެމްބަރުކަމުން ވަކިވާނަމަ ދެން އެކަމަށް އެދި ހުށައަޅަންޖެހޭނީ އޮންލައިންކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މި ނިންމުމަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި ހުށަހަޅާނީ، ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށްކަމަށް އީސީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ ތެރޭގައި ވަނީ ސިޔާސީ ޕާޓީ ބަދަލުކުރުމާއި ވަކިވާން ފަސޭހައިން ހުށަހެޅޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދު އިސްލާހުކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ޕާޓީއެއްގެ މެންބަރަކު އެ ޕާޓީއަކުން ވަކިވާން އެދިއްޖެ ނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެމީހަކު ޕާޓީން ވަކިކޮށްދޭންޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން